ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމުން ދާނިޝް މުޙައްމަދު އަމީން އިސްތިއުފާ ދެއްވައިފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަނުން ވިދާޅުވީ މއ.މާންދޫގޭދެކުނުގެ، އަލްއުސްތާޛު ދާނިޝް މުޙައްމަދު އަމީން އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާތީ، އިސްތިއުފާ ޤަބޫލުކޮށް މިއަދުން ފެށިގެން އެ މަޤާމުން ވަކިކޮށްފައިވާ ކަމަށެވެ.
ބޯޑު މެންބަރެއްގެ ހައިސިއްޔަތުން ދާނިޝް އަދާކުރެއްވި ޚިދުމަތް ފާހަގަކޮށް، އެ ކުންފުނިން ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި ހުސްވި ޑިރެކްޓަރުގެ މަޤާމަށް ޤާނޫނާއި ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ބޭފުޅަކު ޢައްޔަނުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އެސްޓީއޯއިން ވަނީ ވިދާޅުވެފައެވެ.
އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް އަލްއުސްތާޛު ދާނިޝް މުޙައްމަދު އަމީން އައްޔަނު ކޮށްފައިވަނީ، 17 ޑިސެމްބަރ 2023 ދުވަހުއެވެ.