މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއައިބީއިން އިންތިޒާމު ކޮށްގެން ބާއްވާ "އެމްއައިބީ ގެސްޓްހައުސް އެވޯޑްސް 2026"އަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފައިވާކަމަށް އެމްއައިބީއިން ވިދާޅުވެއްޖެއެވެ.
އެމްއައިބީއިން މިއެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފައިވަނީ، ގިނަ ފަރާތްތަކެއްގެ އެދުމުގެ މަތިން ކަމަށެވެ.
އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު މީގެކުރިން 31 އޯގަސްޓުގެ ނިޔަލަށް ހަމަވާގޮތަށް އޮތް ނަމަވެސް މިހާރު މިފުރުސަތުވަނީ 14 ސެޕްޓެމްބަރު 2026 ވަނަ ދުވަހުގެ ރޭ 23:59ގެ ނިޔަލަށް އިތުރުކޮށްދީފައެވެ.
މިއީ، ރާއްޖޭގެ ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށާއި، މި ދާއިރާގައި ފާހަގަކޮށްލެވޭ ރަށު ފެންވަރުގެ ޚިދުމަތްތެރިންނާއި، ގެސްޓްހައުސްތަކުގެ އިތުރުން ރަށްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ ޚާއްޞަ އެވޯޑެކެވެ. މި އެވޯޑުގައި ޖުމްލަ 3 ކެޓަގަރީއަކުން 20 އެވޯޑު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ދެ ޓިއަރއަކަށް ބަހާލައިގެން ގެސްޓްހައުސްތަކަށް ދޭ 16 އެވޯޑާއި، ފަތުރުވެރިކަމުގެ ދާއިރާގެ ބޭފުޅުންނަށް ދޭ އިންޑިވިޖުއަލް 3 އެވޯޑުގެ އިތުރުން "ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑް"ގެ ގޮތުގައި އެންމެ ފާހަގަކޮށްލެވޭ ރަށަށް ދޭ އެވޯޑު ހިމެނެއެވެ.
ގެސްޓްހައުސް އެސޯސިއޭޝަނުން ތާއީދުކޮށްފައިވާ މި އެވޯޑުގެ އިވޭލުއޭޝަން ކަންކަން މިނިވަންކަމާއެކު ކުރިއަށްގެންދާނީ، ކްރޯ މޯލްޑިވްސް އެޑްވައިޒަރީގެ ފަރާތުންނެވެ. އެހެންކަމުން އެވޯޑަށް ޝަރުތުހަމަވާ ފަރާތްތަކުން 14 ސެޕްޓެމްބަރު 2026 ވަނަ ދުވަހުގެ ރޭ 23:59ގެ ކުރިން ބޭނުންވާ ލިޔެކިޔުންތަކާއެކު އެޕްލިކޭޝަން ހުށަހެޅުއްވުމަށް އެމްއައިބީން ވަނީ އިލްތިމާސްކޮށްފައެވެ.