ޚަބަރު

މިދިޔަ މަހު ސީޓު އެއަރ ކާގޯ މެދުވެރިކޮށް 394 ޓަނުގެ މުދާ


  • 5 އެއާލައިނެއް މެދުވެރިކޮށް މުދާ ފޮނުވާފައިވޭ

  • ކޮންޓެއިނަރުގެ އަދަދަށް ބަލާނަމަ 89 ޓީއީޔޫސް ފޮނުވި

މިދިޔަ މަހު ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތް މެދުވެރިކޮށް 394 ޓަނުގެ މުދާ ރާއްޖެއިން ބޭރަށް ފޮނުވާފައިވާކަމަށް އެމްޕީއެލްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތަކީ ކަނޑުމަގުން އަންނަ މުދާ، ޓްރާންސިޓުކޮށް ވައިގެ މަގުން އެހެން ޤައުމުތަކަށް ފޮނުވުމެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު ރާއްޖެއިން 5 އެއަރލައިނެއް މެދުވެރިކޮށް ދުނިޔޭގެ 12 ޤައުމަކަށް 394.53 ޓަނުގެ މުދާ ފޮނުވާފައިވެއެވެ. މިއީ، ކޮންޓެއިނަރުތަކަށް ބަލާނަމަ 89 ޓީއީޔޫސްއެވެ.

ސީ-ޓު-އެއަރ ކާގޯ މެދުވެރިކޮށް މުދާ ފޮނުވި އެއާލައިންތައް

ޓާކިޝް އެއަރލައިންސް
އެއަރ އަރބިއާ
އިއްތިހާދު އެއަރވޭސް
ޤަތަރު އެއަރވޭސް
ސްވިސް އެއަރލައިން

ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތް ދެނީ އެމްއޭސީއެލްއާއި، އެމްޕީއެލް ގުޅިގެންނެވެ. މި ޚިދުމަތް ފެށީ، 2024ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.

ސީ-ޓު-އެއަރ ކާގޯ ޚިދުމަތަކީ، ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކަކުން ކުރަމުން އަންނަ އަދި މި މަސައްކަތުން އެޤައުމުތަކުގެ އިޤުތިޞާދަށް ބޮޑެތި މަންފާތަކެއް ލިބޭ މަސައްކަތެކެވެ. މީގެ އިތުރުން، ރާއްޖެއަކީ ބައިނަލްއަޤްވާމީ ގިނަ އެއާލައިންތަކަކުން ދަތުރު ކުރާ ޤައުމަކަށްވާއިރު، މި ޚިދުމަތް ފުޅާކުރުމުގައި ރާއްޖެއަށް ފުރުޞަތުތައް ގިނަކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.