ޚަބަރު

މުދާ އުފުލާ ދޯންޏެއް ފަރަށް އަރައިފި


އައްޑޫސޓީގައި ހަދަމުންދާ ރިސޯޓަކަށް ތިލަފުށިން މުދާ ހިފައިގެން ދަތުރުކުރަމުން ދިޔަ ދޯންޏެއް ފަރަށް އަރައިފިއެވެ. މި ހާދިސާގައި މި ދޯނިން ދަތުރުކުރިކަމަށް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއްނުވެއެވެ.  

ހަތަރު މީހުންނާއި އެކު ދަތުރުކުރަމުންދިޔަ "ސިގްނަލް 3" އަރާފައިވަނީ  ކ. ވާގަލި ކައިރީ ގައި އޮންނަ މާދިއްގަރު ފަޅުގެ ހުޅަނގު ފަރާތައްކަމަށް އެމްއެންޑީއެފްގެ ކޯސްޓްގާރޑުން ބުނެއެވެ. 95 ފޫޓުގެ މި ދޯނީގައި ދަތުރުކުރަމުންދިޔައީ ދިވެއްސަކާއި ތިން ބިދޭސީންނާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ. 

ރޭ ފަތިހު 4:00 ހާއިރު ފަރަށް އެރި މި ދޯނި ފުންކުރުމުގައި މަސައްކަތުގައި ދޯނީގެ ވެރިފަރާތާއި ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ދެމުންގެންދާކަމަށް އެމްއެންޑީއެފުން ބުނެއެވެ.