ޚަބަރު

ޓްރެވެލް އެވޯޑްސްގެ ގެސްޓްހައުސް އެޑިޝަން މިރޭ


މޯލްޑިވްސް ޓްރެވެލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާރސް، މަޓާޓޯގެ މޯލްޑިވްސް ޓްރެވެލް އެވޯޑްސްގެ ގެސްޓްހައުސް އެޑިޝަން މިރޭ އޮންނާނެއެވެ.

މި އެވޯޑް ހަފްލާ މިފަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައެވެ. މިދިޔަ އަހަރު މި އެވޯޑް ހަފްލާ ބާއްވާފައިވަނީ މާފުށީގައެވެ.

ޓްރެވެލް އެވޯޑްސްގެ ގެސްޓްހައުސް އެޑިޝަނަށް މިއަހަރު 15 ދާއިރާއަކުން 111 ފަރާތެއް ވަނީ ނޮމިނޭޓްވެފައެވެ. މިއީ ރާއްޖޭގައި ފުޅާވަމުން އަންނަ ގެސްޓްހައުސް ވިޔަފާރި ފުޅާކޮށް އެފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން މަޓާޓޯއިން ދޭއެވޯޑެކެވެ.

ޓްރެވެލް އެވޯޑްސްގެ ގެސްޓްހައުސް އެޑިޝަނަށް ހޮވޭ ފަރާތްތައް ހޮވާނީ %60 ވޯޓާއި ޓްރިޕް އެޑްވައިޒަރުން ދޭ %40 މާރކްސްއަށް ބެލުމަށްފަހުއެވެ.

މިއަހަރުގެ އެވޯޑް ހަފްލާ ބާއްވަނީ މަޓާޓޯއާއި ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެންނެވެ. މިއީ މަޓާޓޯއިން މޯލްޑިވްސް ޓްރެވެލް އެވޯޑް ބާއްވާ 7 ވަނަ އަހަރެވެ. މިއަހަރުގެ ޓްރެވެލް އެވޯޑްސް ވަނީ 2 އެޑިޝަނަކަށް ބަހާލާފައެވެ.