ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްގެ ބަންދުގެ މުއްދަތަށް ދިހަ ދުވަސް ކްރިމިނަލްކޯޓުން ޖަހާދީފިއެވެ.އަލީ އާޒިމް ފުލުހުން ހައްޔަރުކޮށްފައިވަނީ ރޭ އެމްޑީޕީން މާލޭތެރޭގައި ހިންގި މުޒާހަރާގައި ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމާއި ފުލުހުންނަށް ނުކިޔަމަންތެރިވުމުގެ ތުހުމަތުގައެވެ.ރޭ މާލެތެރޭގައި ހިންގި މުޒާހަރާއާއި ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި އަލީ އާޒިމް ހިމެނޭއިރު ހައްޔަރުކުރި ގިނަ ބަޔަކު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާކަމަށް ފުލުހުން ބުނެއެވެ. އެހެންމަވެސް އެއީ ކޮންކޮން ބައެއްކަމެއް ފުލުހުން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.ރޭގައި ހިނގި މުޒާހަރާތަކާއި ގުޅިގެން ދިހަ މީހަކު ހައްޔަރުކޮށްފައިވާއިރު އޭގެތެރޭގައި އަންހެނަކާއި އަށާރަ އަހަރުން ދަށުގެ ކުއްޖެއް ހިމެނޭކަމަށް ފުލުހުން ބުނެއެވެ. އަދި އެ އަންހެން މީހާއި އާއި އެ ކުއްޖާއަށް ނަސޭހަތްދިނުމަށް ފަހު ދޫކޮށްލާފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.