ވިޔަފާރި

50 އިންސައްތަ ކަސްޓަމަރުން ޤަވާއިދުން ފެންބިލު ނުދައްކާ - އެމްޑަބްލިއުއެސްސީ


އެމްޑަބްލިއުއެސްސީން ދެމުންދާ ފެނުގެ ޙިދުމަތް ބޭނުންކުރާ ކަސްޓަމަރުންގެ ތެރެއިން %50 މީހުން ޤަވާއިދުން ބިލް ދައްކަމުން ނުދާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

އެމްޑަބްލިއުއެސްސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އާދަމް އާޒިމް ވިދާޅުވީ، އެކުންފުނީގެ %50 ކަސްޓަރުން އެއް މަހަށްވުރެ ދިގު މުއްދަތަކަށް ބިލަށް ފައިސާ ނުދާ އެބަހުރި ކަމަށެވެ. ނަމަވެސް ބިލަށް ފައިސާ ނުދައްކައިގެން ފެނުގެ ޙިދުމަތް ކަނޑާލާނީ އެގެއަކަށް އެމްޑަބްލިއުއެސްސީގެ މުއައްޒަފުން ގޮސް އެކަން އެންގުމަށް ފަހުގައި ކަމަށް އާދަމް އާޒިމް ވިދާޅުވިއެވެ.

" ފަންސާސް އިންސައްތަ ކަސްޓަރަމުން އެއް މަހަށްވުރެ ދިގު މުއްދަތަކަށް ބިލަށް ފައިސާ ނުދައްކާ އެބަހުރި، އެމްޑަބްލިއުއެސްސީއަކީ ހުރިހާ ރައްޔިތުންނަށް ހިދުމަތްދޭ ތަނަކަށްވާއިރު، ހުރިހާ ރައްޔިތުންނަށް ހިދުމަތް ދެވޭނީ ސަމާލުވެގެން ބިލަށް ފައިސާ ދެއްކީމަ" އާދަމް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، ފެން ބިލް ދެއްކުމަށްޓަކައި ފަސޭހަ އިންތިޒާމްތަކެއް މިހާރުވެސް ހަމަޖައްސާފައިވާކަމަށާއި، ބިލްތަކުގެ ތަފްސީލު ބަލާލެވޭނެ ފަސޭހަ ގޮތްތައް އެބަހުރި ކަމަށެވެ.

އެމްޑަބުލިއުއެސްސީގެ ކައުންޓަރަށް ނުގޮސް ބިލް ދެއްކޭނެ ގޮތްތަށް ހަމަޖައްސާދީފައިވާނީ ބީއެމްއެލް، އުރީދޫ މެދުވެރިކޮށް، ދިރާގު އަދި އެމްޑަބްލިއުއެސްސީ އެޕްލިކޭޝަން މެދުވެރިކޮށްވެސް ވަރަށް ފަސޭހައިން ބިލަށް ފައިސާ ދެއްކޭނެ" އާޒިމް ވިދާޅުވިއެވެ.

އެމްޑަބްލިއުއެސްސީން ދަނީ އެކުންފުނިން ދެމުންދާ ފެނުގެ ޙިދުމަތުގެ ފެންވަރު ރަގަޅު ކުރުމަށް ފެނުގެ ނެޓްވޯކް އަޕްގްރޭޑް ކުރުމަށްވެސް މަސައްކަތް ކުރަމުންނެވެ.