ކަނޑުތަކުގެ ދިރުމާ ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ފުވައްމުލަކު ސްކޫލުގެ ދަރިވަރުންނަށް ކުރިޔަށް ގެންގޮސްފިއެވެ.
ފުވައްމުލަކު ސިޓީ ކައުންސިލާއި މަންތާ ރޭ ޖަމްޢިއްޔާ ގުޅިގެން ހިންގި މި ސެޝަނުގައި ފުވައްމުލަކުގެ ހަތަރު ސްކޫލަލަކުން ބައިވެރިވެފައިވެއެވެ. ފުވައްމުލަކު ސިޓީ ކައުންސިލްގެ ކުރެދުމާ މާލަމުގައި ބޭއްވި މި ސެޝަނުގައި ވަނީ މަޑިއާއި އެނޫންވެސް ރާއްޖޭގެ ކަނޑުތަކުގައި ދިރިއުޅޭ އެކި ދިރުންތައް ހިމާޔަތްކޮށް ރައްކާތެރިކުރުމާއި މިފަދަ ދިރުންތަކުގެ މުހިންމުކަމާގުޅޭ މަޢުލޫމާތު ދީފައެވެ.
ފުވައްމުލަކުގެ ވަށައިގެންވާ ފަރާއި މޫދުގެ ސަރަހައްދަކީ އެރަށަށް އަންނަ ފަތުރުވެރިންނާއި އާންމުންގެ މެދުގައި ވަރަށް މަޤުބޫލު ތަނެކެވެ. އެގޮތުން އެކި ވައްތަރުގެ މިޔަރާއި މަޑީގެ ބާވަތްތަކާއި މުއްސަނދި ކަނޑުގެ ދިރުންތައް އެ ސިޓީގެ ވަށައިގެންވާ މޫދުން އާންމުކޮށް ފެނެއެވެ.