ބ.އަތޮޅުގައި ރިސޯޓެއް ހަދަމުންދާ ބޮޑު ފިނޮޅުގައި ބިދޭސީންގެ ބަޔަކު ބޮޑު ހަމަނުޖެހުމެއް ހިންގަންފަށައިފިއެވެ.
މަޢުލޫމާތުލިބިފައިވާގޮތުގައި މިއީ އެމީހުންނަށް 6 މަސްދުވަހުގެ މުސާރަ ނުދީ އޮވެގެން ހިންގާ ހަމަނުޖެހުމެކެވެ. ހަމަނުޖެހުން ހިންގަމުންދަނީ ބަންގްލަދޭޝަށް ނިސްބަތްވާ ބައެއްކަމަށް މަޢުލޫމާތު ލިބެއެވެ. އެމީހުން ދަނީ އެރަށުގައި ތިބި ދިވެހި މުވައްޒަފުން އެރަށުން ފޭބިޔަނުދީ ހިފަހައްޓާފައިކަމަށް މަޢުލޫމާތު ލިބެއެވެ.
ބ.ތުޅާދޫ ފަޅުގައި އޮންނަ ބޮޑު ފިނޮޅުގައި ހިނގައިގެން އުޅޭ ހަމަނުޖެހުން ހުއްޓުވުމަށްޓަކައި ފުލުހުންދަނީ މަސައްކަތް ކުރަމުންނެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި ބިދޭސީންވަނީ ހަމަނުޖެހުން ކޮންޓްރޯލްކުރަން ދިޔަ ފުލުހުންނަށް ދަގަނޑުބުރިންނާއި ގަލުން ހަމަލާދީފައެވެ. ބައެއް ދިވެހިން ފިލައިގެން ފަތާފައި ތުޅާދޫއަށް ދާން މަސައްކަތްކޮށްފައިވާކަމަށްވެސް މަޢުލޫމާތުލިބިފައިވެއެވެ.
މިއަދު މެންދުރުފަހު 15:30 އެހައިކަންހާއިރުންފެށިގެން ބޮޑު ފިނޮޅުގައިދަނީ ހަމަނުޖެހުން ހިންގަމުންނެވެ. މިހަމަނުޖެހުން ކޮންޓްރޯލްކުރުމަށް ބޮޑުފިނޮޅަށް ދިޔަ ފުލުހުންގެ ބައެއް މީހުންނަށް ވަނީ އަނިޔާވެފައެވެ. އަނިޔާވި ބައެއް ފުލުހުންނަށް ބ.ތުޅާދޫ ސިއްޙީ މަރުކަޒާއި އެއަތޮޅު އަތޮޅު ހޮސްޕިޓަލުން ވަނީ ފަރުވާދީފައެވެ.
މިރަށުގައި ތިބި ބިދޭސީންގެ ޢަދަދަކީ 200އެއްހައި މީހުންކަމަށް މަޢުލޫމާތުލިބެއެވެ. އަދި އެރަށުގައި ދިބި ދިވެހިންގެ ޢަދަދަކީ 15 އެވެ.