ޚަބަރު

ކޯވިޑް-19 : ޢާއްމު ޞިއްޙަތުގެ ކުއްލިނުރައްކަލުގެ ޙާލަތު އޮގަސްޓް 7 އާ ހަމައަށް އިތުރުކޮށްފި


ކޯވިޑް-19އާ ގުޅިގެން މިހާރު ޢިއުލާންކޮށްފައިވާ ޢާއްމު ޞިއްޙަތުގެ ކުއްލިނުރައްކަލުގެ ޙާލަތުގެ މުއްދަތު އަންނަ އޮގަސްޓް މަހުގެ 7ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފިއެވެ. މިއީ ޢާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރުކުރެއްވި 5ވަނަ ފަހަރެވެ.

ރާއްޖޭގެ ވަކި ތަނެއްގައި ވަކި ދުވަހަކު، އާންމު ސިއްހަތަށް ނުރައްކާވާ ފަދަ ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވެއްޖެނަމަ ސިއްހީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމުގެ ބާރު، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިގެންވެއެވެ. އަދި ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު ހިނގާނެ ސަރަހައްދަކީ ކޮބައިކަން ކަނޑައަޅައި، އިއުލާނުކުރަން ސިއްޙަތާ ބެހޭ ވަޒީރަށް ލަފާދެއްވާނީ ވެސް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތެވެ.

ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މަދުވާން ފެށުމުން ފުރަބަންދާއި ގުޅިގެން ސަރުކާރުން އެޅި ގިނަ ފިޔަވަޅުތަކަކށް ވަނީ ލުއިތަކެއް ދީފައެވެ. ނަމަވެސް އެ ލުއިތަކާއި ގުޅިގެން އޮފީސްތައް ހުޅުވާލުމާއި ޢާންމުތަންތަނަށް މީހުން އެއްވުމުގެ ސަބަބުން އަނެއްކާވެސް މިހާރު ވަނީ ޕޮޒިޓިވް ކޭސްތައް އިތުރުވާން ފަށާފައެވެ. ފުރަބަންދާއި ގުޅިގެން ދިން ލުއިތަކާއި ގުޅިގެން ޕޮޒިޓިވް ކޭސްތައް މަދުކުރެވިއްޖެނަމަ ޙާލަތު އިތުރަށް ގޯސް ނުވާނަމަ، ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު މިމަހުގެ މެދުތެރޭގައި އުވާލެވޭނެކަމަށް ލަފާކުރެވޭކަމަށް ހެލްތު މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް ޕޮޒިޓިވް ކޭސްތައް މިހާރު އިތުވާން ފަށާފައިވާއިރު އޭގެ ތެރޭގައި ދިވެހިންގެ ޢަދަދުވެސް މިހާރު އިތުރުވާތީ ސިއްޙީ ޚިދުމަތްތެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ކޭސްތައް އިތުރުވާނަމަ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރުކޮށް އަލުން ފުރަބަންދަކަށް ދާންޖެހުމަކީ އެކަށީގެންވާކަމެއްކަމަށްވެސް ހެލްތު މިނިސްޓަރ މީގެ ކުރިން ވިދާޅުވެފައިވެއެވެ.

އެންމެ ފަހުން ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރުކޮށްފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ.

ޙާސް

ދެން މީ ކިހާ ދެރަ ކަމެއް. މިކަމަކާ ހެދި އެތައްބަޔަކު ޗުއްޓީ ނުލިބި އަނބިދަރިން ކައިރިއައް ނާދެވިފަ.