ބ.ތުޅާދޫގައި ހޯމް ކަރަންޓީނުގައި ހުއްޓާ ނިޔާވި މީހާ ކޯވިޑް-19އަށް ޕޮޒިޓިވްކަން ހާމަވެއްޖެއެވެ.
ނިޔާވެފައިވަނީ ޢުމުރުން 59 އަހަރުގެ ފިރިހެނެކެވެ. މިމީހާ ނިޔާވީ ތުޅާދޫ ސިއްޙީމަރުކަޒުގައި ފަރުވާދެމުންދަނިކޮށް ހާޓްއެޓޭކެއް ޖެހިގެންކަމަށް ތުޅާދޫ ސިއްޙީމަރުކަޒުން ވިދާޅުވެއެވެ. މިމީހާ ހޯމް ކަރަންޓީންގައި ހުންނަތާ ވަނީ 10 ދުވަސް ވެފައެވެ.
މިމީހާގެ ސާމްޕަލް ކޯވިޑް-19އަށް ޓެސްޓުކުރުމަށް ބ.އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ޓެސްޓުކުރިއިރު ނަތިޖާ ވަނީ ޕޮޒިޓިވްވެފައެވެ.