ޚަބަރު

ޓެންޒޭނިޔާގެ ކުރީގެ ރައީސް އެންކާޕާ އަވަހާރަވެއްޖެ


ޓެންޒޭނިޔާގެ ކުރީގެ ރައީސް ބެންޖަމިން އެންކާޕާ އުމުރުފުޅުން 81 އަހަރުގަައި އަވަހާރަވެއްޖެއެވެ.

ޓެންޒޭނިޔާގެ ރައީސްކަން ބެންޖަމިން އެންކާޕާ ކުރެއްވީ 1995ން 2005ވަނަ އަހަރަށެވެ. އެއީ އެ ޤައުމުގެ ރައީސްކަން ކުރެއްވި ތިންވަނަ ބޭފުޅާއެވެ.

ޓެންޒޭނިޔާގެ ރައީސް ޖޯން މަގުފޫލީ ވިދާޅުވީ ހުކުރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި އެންކާޕާ އަވަހާރަވެފައިވާކަމަށެވެ. އޭނާ އަވަހާރަވީ ދާރުއްސަލާމުގެ ހަސްފަތާލެއްގައި ފަރުވާ ހޯއްދަވަނިކޮށްކަމަށް ރައީސް މަގުފޫލީ ވިދާޅުވިއެވެ. ނަމަވެސް އެކަމާބެހޭ އިތުރު ތަފްޞީލެއް އޭނާ ދެއްވާފައެއް ނުވެއެވެ.

އެންކާޕާވަނީ ސަރަޙައްދީ ހަމަޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. ނަމަވެސް އޭނާއަށްވަނީ ޚިޔާނާތުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައެވެ. ނަމަވެސް އެއްވެސް ތުހުމަތެއް އޭނާގެ މައްޗަށް ސާބިތެއް ނުވެއެވެ.