ޚަބަރު

ކޯވިޑް-19 : ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޢަދަދު 11113އަށް


އިތުރު 51 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެ ރާއްޖެއިން މިބަލި ޖެހުނު މީހުންގެ ޢަދަދު 11113އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަންސ އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ، ބުދަ ދުވަހުގެ އިރުއޮއްސި 18:00އިން ފެށިގެން ބުރާސްފަތި ދުވަހުގެ އިރުއޮއްސި 18:00އާ ހަމައަށް ގްރޭޓަރ މާލޭ ސަރަޙައްދުން 46 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އަތޮޅުތަކުގެ ރަށްތަކާއި ރިސޯޓްތަކުން 5 މީހުން ޕޮޒިޓިވްވެފައި ވާކަމަށެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ޢާއްމުކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތަށް ބަލާއިރު، އަލަށް ޕޮޒިޓިވްވި 51 މީހުންގެ ތެރެއިން 33 މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ 18 ބިދޭސީންނެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ 1113 މީހަކު ވަނީ ކޯވިޑް-19އަށް ޕޮޒިވްވެފައެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އަލަށް ބަލިން ރަނގަޅުވެފައި ވަނީ 51 މީހެކެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 9931 އަށް އަރާފައެވެ. ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން 28 ދިވެހިންނާއި، 7 ބިދޭސީއަކު ހިމެނޭހެން މިހާތަނަށް ރާޢްޖެއިން 35 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ.

މިމަހުގެ ފުރަތަމަ 15 ދުވަހުގެތެރޭގައި އެކަނިވެސް 822 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވެއެވެ. މިދޔަމަހު ޕޮޒިޓިވްވެފައިވަނީ 1524 މީހުންނެވެ.