ޚަބަރު

އައްޑޫސިޓީގައި ދެ ގްރޫޕަކުން ހިންގި މާރާމާރީއާއި ގުޅިގެން މީހަކު ހައްޔަރުކޮށްފި


އައްޑޫސިޓީގައި ދެ ގްރޫޕަކުން ހިންގި މާރާމާރީއާއި ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. މީގެ ދެ ރޭ ކުރިން އައްޑޫ ސިޓީގައި ދެ ގްރޫޕަކުން ހިންގި މާރާ މާރީގައި އެކަކަށް ސީރިއަސް ޒަޚަމްތަކެއް ލިބި، އަންނަނީ ފަރުވާ ދެމުންނެވެ.

މި މާރާމާރީގައި އަނިޔާ ލިބުނު މީހާއަށް އައްޑޫސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އޭނާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ނަމަވެސް އޭނާއާއި ބެހޭ އިތުރު މަޢުލޫމާތެއް ފުލުހުން ހާމަކުރައްވާފައެއް ނުވެއެވެ.

މިހާދިސާގައި އަނިޔާ ލިބުނު މީހާގެ ފޮޓޯތައް ސޯޝަލް މީޑިޔާގައި ދައުރުވާއިރު، އެމީހާގެ ގައިގެ އެކި ތަންތަނަށް ހަމަލާދީފައިވާކަން ފާހަގަކުރެވެއެވެ.