ޚަބަރު

އިންޑިޔާއާއި ލަންކާއަށް ބޯކޮށް ވާރޭވެހި ގިނަ ޢަދަދެއްގެ ބަޔަކު މަރުވެއްޖެ


ދެކުނު އޭޝިޔާއަށް ކުރަމުންދާ ވިއްސާރާގައި އިންޑިޔާއާއި ސުރީ ލަންކާއަށް ބޯކޮށް ވާރޭވެހި 40އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ.

އިންޑިޔާގެ މޫސުމާބެހޭ އިދާރާއިން ބުނީ ކުރިޔަށް އޮތް ދުވަސްތަކުގައިވެސް އެ ޤައުމުގެ ދެކުނުގެ ސަރަޙައްދުތަކަށް ވާރޭވެހި ބިންގަނޑު ތިރި ސަރަޙައްދުތަކުގައި ފެންބޮޑުވުން އެކަށީގެންވާކަމަށެވެ. ވާރޭވެހުމުގެ ސަބަބުން އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނީ އިންޑިޔާގެ ޓެމިލް ނާޑޫއަށެވެ. އެ ސުޓޭޓުން 16 މީހުން މަރުވެފައިވެއެވެ. އަދި އެ ސުޓޭޓުގެ ވެރިރަށް ޗެންނާއީގެ ގިނަ ސަރަޙައްދުތަކެއްވަނީ ފެނު އަޑީގައެވެ. އެއާއެކު އެ ސަރަޙައްދުގެ މަދަރުސާތައް ބަންދުކޮށް ގިނަ ޢަދަދެއްގެ މީހުންވަނީ ރައްކާތެރި ސަރަޙައްދުތަކަށް ގެންގޮސްފައެވެ.

ސުރީ ލަންކާގެ މޫސުމާބެހޭ އިދާރާއިން ބުނެފައިވާ ގޮތުގައި އެ ޤައުމަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން 25 މީހުން މަރުވެފައިވާކަމަށެވެ.