ޕާކިސްތާނުގެ ކަރާޗީގައި ހުންނަ ހަބީބު ބޭންކުގެ އިމާރާތެއްގައި ގޮވުމުގެ ސަބަބުން 15 މީހުން މަރުވެ 16 މީހުން ޒަޚަމުވެއްޖެއެވެ.
ޕާކިސްތާނުގެ ފުލުހުން ބުނެފައިވާ ގޮތުގައި އެ ޤައުމުގެ އެންމެ ބޮޑު ބޭންކުގެ އިމާރާތެއް ގޮވާފައިވަނީ ގޭސް ލީކުވެގެންކަމަށް ބެލެވޭކަމަށާއި އެ އިމާރާތް އަޅާފައިވަނީ ނަރުދަމާ ނިޒާމެއްގެ މަތީގައިކަމަށެވެ. އެ ގޮވުމުގެ ސަބަބުން ބޭންކުގެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބުމުގެ އިތުރުން ޖެހިގެން ހުރި ޕެޓުރޯލް ޝެޑާއި ކައިރީގައި ހުރި އުޅަނދުތަކަށްވެސްވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
ޕާކިސްތާނުގެ ފުލުހުން ބުނެފައިވަނީ އެ ސަރަޙައްދު ބަންދުކޮށް ތަޙްޤީޤެއް ކުރަމުންދާކަމަށެވެ.