އިންޓަރ ސްކޫލް އެތުލެޓިކްސް މީޓުގެ 17 އަހަރުން ދަށުގެ ފިރިހެންކުދިންގެ ޑިސްކަސްއިން ރަން މެޑެލް ނޮޅިވަރަންފަރު ސްކޫލްގެ މުޙައްމަދު ޝިފާގު އަޙްމަދު ހޯދައިފިއެވެ.
މި އިވެންޓުން ރަން މެޑަލް ޝިފާގް ހޯދީ 21.78 މީޓަރަށް ޑިސްކަސް އެއްލައިގެންނެވެ. މި އިވެންޓުން ރިހި މެޑަލް 21.66 މީޓަރަށް ޑިސްކަސް އެއްލައިގެން ހޯދީ މިލަންދޫ ސްކޫލްގެ މުހައްމަދު އަޒިން ބިން އީސާ ރަޝީދެވެ. އަދި 20.52 މީޓަރަށް ޑިސްކަސް އެއްލައިގެން ލޯ މެޑަލް ހޯދީ ކުމުންދޫ ސްކޫލްގެ އަބްދުﷲ އަސީލް އަމްޖަދް އަލީއެވެ.
މިހާރު ކުޅުދުއްފުށި ސިޓީގައި ކުރިއަށްދާ އެތުލެޓިކްސް މީޓްގެ 17 އަހަރުންދަށުގެ އަންހެންކުދިންގެ ލޯންގް ޖަމްޕުން ރަން މެޑްލް ހޯދީ ޖަލާލުއްދީން ސްކޫލްގެ މަރިޔަމް މީސާ މުޖުތަބާއެވެ. މަރިޔަމް މީސާ ރަން މެޑަލް ޔަގީން ކުރީ 4.06 މީޓަރު ދުރަށް ފުއްމާ ދިހަ ޕޮއިންޓް ހޯދައިގެންނެވެ.
މި އިވެންޓުން ރިހި މެޑަލް ހޯދި ނޮޅިވަރަންފަރު ސްކޫލްގެ އައިޝަތު ޝާއިނާ ފަތުހުﷲ އަލީ ވަނީ 3.62 މީޓަރު ދުރަށް ފުންމާ 8 ޕޮއިންޓް ހޯދައިގެންނެވެ. ލޯ މެޑަލް ހޯދީ 3.62 މީޓަރަށް ފުންމާ 6 ޕޮއިންޓް ހޯދައިގެން ހދ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގެ އައިމިނަތު ރައުހާ ހުސެއިންއެވެ.