ޚަބަރު

ފީއަލީގައި ފިހުނު ބިދޭސީ މީހާ ނިޔާވެއްޖެ


  • އޭނާ ނިޔާވީ މި މަހުގެ 4 ވަނަ ދުވަހު

  • މި މަހުގެ 5 ވަނަ ދުވަހު ހަށިގަނޑު ވަނީ ޤައުމަށް ފޮނުވާލާފައި

ފީއަލީ އަލިފާނުގެ ހާދިސާގައި ފިހުނު ބިދޭސީ މީހާ ނިޔާވެއްޖެއެވެ.

މިދިޔަމަހުގެ 9 ވަނަ ދުވަހު ފީއަލީގައި ހިނގި އަލިފާނުގެ ހާދިސާގައި ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތަކު ވަނީ ވަރަށް ބޮޑަށް ފިހިފައެވެ.

އައިޖީއެމްއެޗްއިން ވިދާޅުވީ، އެމީހާއަށް އެ ހޮސްޕިޓަލުގެ ވެންޓިލޭޓަރުގައި ފަރުވާދީފައިވާކަމަށެވެ. އަދި މިމަހުގެ 4 ވަނަ ދުވަހު ނިޔާވެފައިވާކަން އެ ހޮސްޕިޓަލުން ވަނީ ކަށަވަރުކޮށްދީފައެވެ.

އަދި އެމީހާގެ ހަށިގަނޑު މިމަހުގެ 5 ވަނަ ދުވަހު ޤައުމަށް ފޮނުވާލާފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.

ފީއަލީ އަލިފާނުގެ ހާދިސާގައި މިފްކޯގެ އައިސްޕްލާންޓާއި 3 ބޯޓެއް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައެވެ.