ކުޅިވަރު

ބެންގަލޫރު އެފްސީ ބަލިވެ، މާޒިޔާއަށް ބޮޑު މޮޅެއް!


މާޒިޔާ މޮޅުވެ، ބެންގަލޫރު އެފްސީ ބަލިވުމުން ދެވަނަ ބުރުގެ އުއްމީދު މާޒިޔާއަށް އިތުރަށް ބޮޑުވެއްޖެއެވެ.

މިއަދު ހަވީރު ރަސްމީ ދަނޑުގައި އިންޑިއާގެ މޯހަން ބަގާންގެ މައްޗަށް މާޒިޔާ ކުރި ހޯދީ 5- ންނެވެ.. މިމެޗުގައި މާޒިޔާގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ޔަސްފާދު ހަބީބާއި، މުހައްމަދު އުމެއިރު، އެލެކްސެންޑަރ ރަކިޗް އަދި ކެޕްޓަން އަސަދުﷲ އަބްދުﷲއެވެ. މެޗުގައި މާޒިޔާގެ ބިދޭސި ފޯވާޑް ރަކިޗް ވަނީ ދެ ލަނޑު ކާމިޔާބުކޮށްދީފައެވެ. ޕެނަލްޓީން އަސަދުﷲ ލަނޑު ކާމިޔާބުކުރުމުގެ އިތުރުން ދެ ލަނޑު ޖަހަން އެހީވެދިނެވެ. ލަނޑު ޖަހާނެ ރަނގަޅު އިތުރު ފުރުޞަތުތައްވެސް މާޒިޔާއިން ތަނަވަސްކުރިއެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު މާޒިޔާ ވަނީ ގްރޫޕްގެ އެންމެ ކުރީގައި އޮތް އިންޑިއާގެ ބެންގަލޫރް އެފް.ސީ އާއި އެއްވަރުކޮށްފައެވެ.

މިއަދު ބެންގަލޫރް އެފްސީ ވަނީ ބަނގްލަދޭޝްގެ ޑާކާ އަބަހާނީ ލިމިޓެޑް އަތުން 2-0 ން ބަލިވެފައެވެ. މިމެޗުން ބެންގަލޫރު އެފް.ސީ ބަލިވުމުން މާޒިޔާއަށް ވަނީ ގްރޫޕްގެ އެއްވަނަ ހޯދާ މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދުމުގެ މަގު އިތުރަށް ފަހިވެގެން ގޮސްފައެވެ. އެހެންނަމަވެސް މާޒިޔާއަށް އަދިވެސް ދެވަނަ ބުރުގެ ޖާގައެއް ޔަޤީން ކުރެވޭނީ ގްރޫޕްގައި އެޓީމް ކުޅެން ޖެހޭ ދެ މެޗުވެސް ކާމިޔާބުކޮށްގެންނެވެ.

މާޒިޔާއަށް ދެން އެންމެ އަވަހަށް އޮތީ މާލޭގައި އަބަހާނީ ޔުނައިޓެޑާއި ބައްދަލުކުރާ މެޗެވެ. މިމެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ. އަދި އެއަށްފަހު ގްރޫޕްގެ ފަހު މެޗުގައި މާޒިޔާ ބެންގަލޫރު އެފް.ސީ އާއި ދެކޮޅަށް ނިކުންނާނީ އިންޑިއާގައެވެ.

ގްރޫޕް އީގެ އެންމެ ކުރީގައި ބެންގަލޫރް އެފް.ސީ އޮތީ ނުވަ ޕޮއިންޓާއެކުއެވެ. މާޒިޔާއަށްވެސް ނުވަ ޕޮއިންޓް ލިބިފައިވީނަމަވެސް މާޒިޔާއަށް ދެވަނަ ލިބިނޭ ބެންގަލޫރު އެފް.ސީ އާއި ބައްދަލުކުރި މެޗުން ބަލިވެފައިވުމުން ދެ ޓީމްގެ ހެޑް ޓު ހެޑަށް ބަލައިގެންނެވެ.