ވިޔަފާރި

ގަރުޑާ އެއަރލައިންސްއިން ފުރާ ފަރާތްތަކުން ކަމާބެހޭ އިދާރާތަކަށް އެންގުމަށް އެދިއްޖެ


ގަރުޑާ އެއަރލައިންސުން ރާއްޖެއަށް ބާއްވާ ފްލައިޓުން ފުރުމަށް ހަމެޖެހިފައިވާ ފަރާތްތައް އެއަރޕޯޓަށް ދިއުމަށް ބޭނުންވާ ހުއްދަ ނެގުމަށް ޓުއަރިޒަމް މިނިސްޓްރީން އެދިއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ ރާއްޖޭގައި މިވަގުތު ތިބި ފަތުރުވެރިންނާއި ބިދޭސީ މުވައްޒަފުން އަދި އެހެނިހެން ފަސިންޖަރުން އެ މީހުންގެ ޤައުމަށް ގެންދިޔުމަށް ގަރުޑާ އެއަރލައިންސުން މެއި 1 ވަނަ ދުވަހު ފްލައިޓް ދަތުރެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ މި ފްލައިޓުން ފުރުމަށް ހަމަޖެހިފައިވާ ފަތުރުވެރިންނާއި ބިދޭސީ މުވައްޒަފުން އަދި އެހެނިހެން ފަސިންޖަރުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި ހަމައަށް ދިޔުމަށް ފުލުހުންގެ ޙާއްސަ ހުއްދައެއް ހޯދަންޖެހޭނެ ކަމަށެވެ. އަދި ރިސޯޓުތަކާއި، ގެސްޓު ހައުސްތަކާއި ރަށު ކައުންސިލްތަކުން ފަސިންޖަރުންނަށް އެއްބާރުލުން ދިނުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ އެދިފައެވެ.

މިހާލަތުގައި، ކަމާގުޅޭ އެންމެހައި އިދާރާތަކުން އަންގަވާ އެންގުންތަކާއި އެއްގޮތަށް އަމަލުކުރެއްވުމަށް ޓޫރިޒަމް މިނިސްޓްރީން އިލްތިމާސްކުރެއެވެ.